
ފެނަށް ބިލު ނުކުރެވި ފެނަކައަށް 500 މިލިއަން ރުފިޔާ ނުލިބި
ފެނަށް ބިލު ނުކުރެވި ފެނަކައަށް 500 މިލިއަން ރުފިޔާ ނުލިބި
ލިޔުން:
ފެނަކަ ކޯޕަރޭޝަނުން ފެނުގެ ޚިދުމަތް ދެމުންގެންދާ ބައެއް ރަށްތަކުގެ ފެން ބިލުން ލިބެންޖެހޭ ފައިސާގެ އަދަދު 500 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން 86 ރަށަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުޢާޒް ވިދާޅުވީ މިހާތަނަށް އައިރު، ބިލު ނުކޮށް 29 ރަށަކަށް ފެނުގެ ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި މިރަށްތަކުން 501 މިލިޔަން ރުފިޔާ ފެން ބިލުގެ ގޮތުގައި ފެނަކައަށް ލިބެންޖެހޭކަމަށް މުޢާޒް ވިދާޅުވިއެވެ.
މިހާތަނަށް މި ރަށްތަކުން ބިލު ނުކުރެވިފައިވަނީ ބިލު ކުރުމުގެ ހުއްދަ ޔޫއާރުއޭއިން ދެއްވާފައިނުވާތީކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. އަދި ފައިސާ ލިބިފައިނުވާ ރަށްރަށުން ބިލުކުރަން ފެށުމަށްޓަކައި ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށް މުޢާޒް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކައިގެ ޗީފް ފައިނެންޝިއަލް އޮފިސަރ މުޙައްމަދު މަސްޢޫދު ވިދާޅުވީ ބިލު ނުކުރެވި، ނުލިބިވާ 501 މިލިޔަން ރުފިޔާއަކީ މިއަހަރުގެ މިދިޔަ ކުއާޓަރުގެ ނިޔަލަށް ނުލިބި އޮތް ފައިސާ ކަމަށެވެ. އަދި މީގެ ތެރޭގައި ބިލު ކުރަންޖެހޭ މުއްދަތު ހަމަވެފައިނުވާ ބިލުތައްވެސް ހިމެނޭ ކަމަށާއި މުއްދަތު ހަމަވެފައިވާ ބިލުތަކުން ފެނަކައަށް ލިބެންޖެހޭ އަދަދު 380 މިލިޔަން ރުފިޔާއަށް އަރާކަމަށް މަސްޢޫދު ވިދާޅުވިއެވެ.
ފެނަކައިގެ ސީއެފްއޯ ވިދާޅުވީ، ދިގު މުއްދަތަކަށް ފެން ބިލު ދައްކާފައިނުވާ ފަރާތްތަކަށް، ބިލު ދައްކަން ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކި މަސްތަކަށް ބަހާލައިގެން ބިލު ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން މަސްޢޫދު ފާހަަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
