މާލެ: 31°C
އިހްސާނުގެ ޓްވީޓަށް އާންމުންގެ ތައުރީފް

އިހްސާނުގެ ޓްވީޓަށް އާންމުންގެ ތައުރީފް

August 3, 2024
2 ފަހަރު ބަލާފައި
އިހްސާނުގެ ޓްވީޓަށް އާންމުންގެ ތައުރީފް
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އާއިލާއިން ހިންގާ ހެޕީމާކެޓު ކުންފުނީގެ ވެހިކަލެއް ފުލުހުން ޓޯކުުރުމުން އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުން ގޮސް ހެޕީމާކެޓުގެ ވެހިކަލެއް ޓޯކުރާ މަންޒަރު ފެންނަ ފޮޓޯއަކާއެކީ، ހޯމް މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެންމެންގެ މައްޗަށް ގާނޫނު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ގޮތް ކަމަށެވެ.

އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަންގަވާފައިވަނީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ހާއްސަ ނުކުރުމަށް ކަމަށާއި އެންމެނަށް ވެސް ހަމަހަމަކޮށް ގާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ. ފުލުހުން އަދި އެހެން ތަންފީޒީ އިދާރާތަކުން ވެސް އެ ގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ހެޕީމާކެޓަކީ އިހުސާންގެ އާއިލީ ކުންފުންޏެކެވެ. އެ ވިޔަފާރި ހިންގެވުމުގައި އިސްކޮށް އިހުސާންވެސް އުޅުއްވާފައިވެއެވެ. ވަޒީރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ އެ ކުންފުނީގެ އިސްމަގާމެއްގައެވެ. ކުންފުނިތަކުގެ މަގާމު ފުރުމާއި ވިޔަފާރި ކުރުމަކީ ވަޒީރުންނަށް މަނާ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ