މާލެ: 31°C
ޖަނާޒާވެސް ބޭއްވި ފަހުން، ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި

ޖަނާޒާވެސް ބޭއްވި ފަހުން، ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި

August 1, 2024
2 ފަހަރު ބަލާފައި
ޖަނާޒާވެސް ބޭއްވި ފަހުން، ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި
ޔަހޫދީން އަތްގަދަ ކޮށްގެން އުޅޭ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު, އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ. ހަނިއްޔާ (62އ) ޝަހީދުކޮށްލާފައިވަނީ އީރާނުގެ އާ ރައީސް މައްސޫދު ޕެޒެސްކިއާން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ވެރި ރަށް ތެހެރާނުގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. ހަނިއްޔާގެ ޖަނާޒާވެސް ބޭއްވި ފަހުން، ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަމާސްގެ ސިޔާސީ ބިއުރޯގެ ޗީފް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަކޮށްލި ކޮށްލުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނާއި އިންސާނީ ގާނޫނު ދަމަހައްޓައި ގާޒާގެ ދަތިކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައި އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ކަށަވަރުކުރުމަށް ހުރިހާ ގައުމުތަކަށް ދިވެހި ސަރުކާރުން ގޮވާލި އެވެ.

ހަނިއްޔާ ޝަހީދުކޮށްލަން ދިން އެ ހަމަލާގައި އޭނާގެ ބޮޑީގާޑު ވެސް ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ހާމަކޮށްފައިވާއިރު އެ ހަމަލާއާ ގުޅޭ އެއްވެސް ތަފްސީލެއް އިޒްރޭލާ އީރާނުންވެސް އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ. ހަނިއްޔާ ޝަހީދުކޮށްލުމުގައި އެމެރިކާގެ އަތެއް ނުވާނެ ކަމަށް ޔޫއެސް ސެެކެރެޓަރީ އޮތް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ