މާލެ: 31°C
އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ފަރުވާ ދެނީ ވޯޑުގައި

އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ފަރުވާ ދެނީ ވޯޑުގައި

August 1, 2024
2 ފަހަރު ބަލާފައި
އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ފަރުވާ ދެނީ ވޯޑުގައި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ ވޯޑުގައި  ބާއްވައިގެން ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި އިއްޔެ މެންދުރު އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލްނުވެ ގެން ގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވުމާއެކު ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ވެއްޓެނީ މާދުރަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް އެ މީހުން ވަނަވަރު އާންމުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ