އެކްސިޑެންޓުވި ސްޕޯޓްސް ކާރުގައި ތިބި ތިން ފިރިހެނުން، ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ. އެއީ ކ. މާލެ/ ހ. ނޫރާންމާގެއާގެ، އިކުރާމުއްރަހްމާން އާއި ކ. މާލެ/ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް، (33އ) އަދި ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހު އިސްމާއީލެވެ.

ދަނޑުގައި ހިންގިި މާރާމާރީއާ ގުޅިގެން ހެކި ނެތިގެން ދޫކޮށްލި މީހެއް އިއްޔެގެ އެކްސިޑެންޓް މައްސަލާގައި
ދަނޑުގައި ހިންގިި މާރާމާރީއާ ގުޅިގެން ހެކި ނެތިގެން ދޫކޮށްލި މީހެއް އިއްޔެގެ އެކްސިޑެންޓް މައްސަލާގައި
ލިޔުން:
އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މައްސަލާގައި ހައްޔަރުުކުރި މީހުންގެ ތެރޭގައި މީގެ ކުރިން މާރާމާރީގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ހުރިކަން ހާމަވެއްޖެ އެވެ.
މި މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އިކްރާމް އަކީ މިއަހަރުގެ ފެބްރުއަރީ 13, ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.ފުލުހުން އޭނާ ހައްޔަރުކުރީ ދަނޑުގައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ދިންކަމުގެ ތުހުމަތުގަ އެވެ.
ކްރިމިނަލް ކޯޓުން ފެބްރުއަރީ، 20 ގައި އާއްމުކޮށްފައި ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މާރާމާރީގައި އިކްރާމްގެ މައްޗަށް މީހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތު ނުކުރެވުނު ނަމަވެސް ފުރަތަމަ ދަނޑަށް އެރި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށާއި، އަދި އޭނާގެ ފަހަތުން ދެން ތިބި މީހުންވެސް ދަނޑަށް އެރި ކަމަށެވެ.
އެ ކޯޓު އަމުރުގައި ވީޑީއޯ ފުޓޭޖްއާ ހަވާލާދީ ބުނެފައިވަނީ އޭނާ ކުށެއް ކުރާ މަންޒަރު ނުވަތަ ކުށެއް ކުރުމަށް ހިތްވަރު ދިންކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އޭނާ ބަންދުކުރަން ނުފެންނަން ކަމަށް ކަނޑައަޅާފަ އެވެ.
އިއްޔެގެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އޭނާ ރޭ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި ކާރު ދުއްވަން އިން ޑްރައިވަރު ސީން ދޫކޮށް ދިއުމުން ފުލުހުން ރޭ އޭނާ ވެސް ވަނީ ހޯދައި ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
