މާލެ: 31°C
ވިނަރެސް ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ މީހެއްގެ ގައިގައި ޖެހިއްޖެ

ވިނަރެސް ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ މީހެއްގެ ގައިގައި ޖެހިއްޖެ

July 31, 2024
2 ފަހަރު ބަލާފައި
ވިނަރެސް ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ މީހެއްގެ ގައިގައި ޖެހިއްޖެ
ވިނަރެސް ފްލެޓްތައް ހުންނަ މައި މަގުގައި މިއަދު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ނުރައްކާޓެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއް ހިތިގަސްމަގު ސްޓޮކްމޭން ކުރިމަތިންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ، ހިތިގަސްމަގުން ބާރު ސްޕީޑެއްގައި އައި ކާރެއް ކޮންޓްރޯލްނުވެ، ސްޓޮކްމޭން ފިހާރަ ކައިރީ ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި ކާރު އައިސް ސައިކަލުގައި ޖެހުނުލެއް ބާރުކަމުން މީހާ ވަނީ ޕޭމަންޓްމަތިން 20 ފޫޓަށް ވުރެ ދުރަށް ވިއްސައިގެން ގޮސްފައެވެ. ހާދިސާ ހިނގުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. [caption id="attachment_106935" align="alignnone" width="1333"] ވިނަރެސް ކައިރީ އެކްސިޑެންޓް ހިނގި ސަރަހައްދު ކޯޑައުންކޮށްފައި...[/caption] މި އެކްސިޑެންޓުގައި ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކާރުގައި އިން މީހާއަށް ގެއްލުންވިކަމެއް އަދި ނޭނގެއެވެ. މި އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލްގައި އިން މީހާގެ ގައިގަ ކާރުން ޖެހިފައިވަނީ، މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ސައިކަލުގައި އިން ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، އެކްސިޑެންޓް ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން އެކަން ތަހުގީގް ކުރަމުންދާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ