
ފާހާނާގެ ދޮރެއް ވައްޓައެއް ނުލަން، ހަލާކުކޮށްލީ އެޕާޓްމަންޓް ދޮރުގެ ތަޅު: ޕޮލިސް
ފާހާނާގެ ދޮރެއް ވައްޓައެއް ނުލަން، ހަލާކުކޮށްލީ އެޕާޓްމަންޓް ދޮރުގެ ތަޅު: ޕޮލިސް
ލިޔުން:
އައްޑޫ ސިޓީގެ ހިތަދޫ ގައި އަންހެނަކު ފެންވަރަން ހުއްޓާ ފާނާގެ ދޮރު ވައްޓާލައި ފުލުހުން ވަންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރު ފުލުހުން ދޮގުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެގެއަށް ވަނީ މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭތީ ބަލައި ފާސްކުރުމަށް ކޯޓުން ނެރުނު އަމުރަކާއި އެކުގައި ކަމަށެވެ.
"އެޕާޓްމެންޓަށް ވަންނަން ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެދުނެވެ. އެހެންނަމަވެސް ދޮރު ހުޅުވާފައި ނުވާތީ ފުލުހުން އެގެއަށް ވަނީ ބާރުގެ ބޭނުން ކޮށްގެން ތަޅު ހަލާކު ކޮށްލައިގެންނެވެ." ފުލުހުންގެ މެސެޖްގައި ބުނެފައިވެއެވެ.
ގޭގެ އެތެރެއަށް ވަނުމަށްފަހު ދެ ކޮޓަރިއެއްގެ ދޮރު ހުޅުވަންވެސް ތަކުރާރުކޮށް ފުލުހުން އެދުނެވެ. ކޮޓަރީގެ ދޮރުވެސް ނުހުޅުވުމުން ފުލުހުންނަށް ވަންނަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ތަޅު ހަލާކުކޮށްލައިގެންނެވެ.
ދެ ކޮޓަރީގެ ތެރެއިން އެއް ކޮޓަރީގެ ދޮރު ހުޅުވާފައި ވަތްއިރު އަންހެނަކު ފެންވަރައިގެން ނުކުމެ ކޮޓަރީގައި ހުރުމުން ފުލުހުން ވަނީ ދޮރުލައްޕައި އެމީހާ ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުން ކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
