މާލެ: 31°C
"ނޫމަޑިއަށް ދޭން ޖެހުނު ބަދަލަކީ މުޢިއްޒުގެ ބޮޑު އިހުމާލެއް"

"ނޫމަޑިއަށް ދޭން ޖެހުނު ބަދަލަކީ މުޢިއްޒުގެ ބޮޑު އިހުމާލެއް"

July 31, 2024
2 ފަހަރު ބަލާފައި
"ނޫމަޑިއަށް ދޭން ޖެހުނު ބަދަލަކީ މުޢިއްޒުގެ ބޮޑު އިހުމާލެއް"
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 848 މިލިއަން ރުފިޔާ ދޭން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށާއި އެއީ އެމަނިކުފާނުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ޑރ. މުއިއްޒު އެއްވެސް އަސާސެއް ނެތި ބާތިލު ކުރުމުންކަމަށެވެ.
ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑި ކުންފުނިން މިހާރު ވަނީ އާބިޓްރޭޝަނަށް ގޮސްފައެވެ.
އެގޮތުން ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާނެއް ހުށަހެޅީ ކޮން ފަރާތެއް މެދުވެރިކޮށް ކަމެއް މުއިއްޒަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން ފާޑުވިދާޅުވެފައެވެ. ނޫމަޑީގެ އެގްރީމެންޓް ބާތިލްކުރުމުން ބޮޑު ބަދަލެއް ދޭން ޖެހުމުން ރޭގެ ހަރަކާތުގައި ފައްޔާޒު ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ