ހަނިއްޔާ ޝަހީދުކޮށްލުމުން ހިތި އަދި ވަރުގަދަ ގޮތަކަށް ބަދަލުހިފާނެ
ހަނިއްޔާ ޝަހީދުކޮށްލުމުން ހިތި އަދި ވަރުގަދަ ގޮތަކަށް ބަދަލުހިފާނެ
ލިޔުން:
ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޔަހޫދީންގެ ރޭވުމުން ޝަހީދުކޮށްލާފައި ވާތީ އެކަމުގެ ބަދަލު ހިތި އަދި ވަރުގަދަ ގޮތަކަށް ހިފާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ. ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ, އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ޠަހްރާންގައި ޙަނިއްޔާ ހުންނެވި ގެއަށް ޙަމަލާދީ, އޭނާއާއި އޭނާގެ ހަށިފާރަވެރިޔާ ވަނީ ޝަހީދު ކޮށްލާފައެވެ. އެކަމާ ގުޅިގެން އިރާނުން ބުނެފައިވަނީ އެފަސްގަނޑުގައި އިސްލާމީ މުހިއްމު ލީޑަރަކު އަވަހާރަކޮށްލުމަކީ އެކަމުގެ ހަގީގަތާ ހަމައަށް ފީނައި، ބަދަލު ނުދޭނެ ކަމެއް ކަމަށް ދުނިޔެ ދެކޭނަމަ މިފަހަރު އެއީ ދޮގުކަން ސާބިތު ކޮށްދިނުމަށް އީރާނުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެއެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ޙަމާސުން ވަނީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ސާމީ އަބޫ ޒުހްރީ ވިދާޅުވީ, ހަނިއްޔާ އަވަހާރަ ކޮށްލުމާ އެކު ބަދަލު ހިފުމުގެ އައު ހިތްވަރެއް އެ ޖަމާޢަތުގެ މުޖާހިދުންނަށް ލިބިފައިވާ ކަމުގައެވެ. އަދި, ބައިތުލްމަޤްދިސް މިިނިވަން ކުރުމަށް ކުރަމުންދާ ޖިހާދު އިތުރަށް ހަރުދަނާކޮށް, ފުޅާ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މާޔޫސްކަމެއް، ވަރުބަލި ކަމެއް، އަޒުމަށް ލޮޅުމެއް ނާރާ. މިތިބީ ހަނިއްޔާއަށް އިންސާފު ހޯދައިދޭން ތައްޔާރަށް. ހަނިއްޔާއަކީ ހަމާސްގެ އެންމެ މުހިއްމު އެއްތަނބު. ހަނިއްޔާ ޝަހީދުކޮށްލި ނަމަވެސް ހަމާސްގެ މައި މޫތައް ޔަހޫދީ ފައުޖުތަކަށް ކޮށާ ނުލެވޭނެ،" ހަމާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ހަމާސްގެ ހުރިހާ އޮފިޝަލުންވެސް ވިދާޅުވަމުން ގެންދަވަނީ ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގައެވެ. ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, މިއީ އިސްލާމީ ލަޝްކަރުތަކާއި, ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ޢަރަބި އަދި އިސްލާމީ ދުނިޔެއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައެވެ. ހަނިއްޔާއަކީ ފަލަސްޠީނުގެ ރައްޔިތުން, ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުން ބަލައިގަނެފައިވާ ލީޑަރެކެވެ. އަދި, އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ތާޢީދު ލިބިފައިވާ ވެރިއެކެވެ.
"އަހަރެމެންގެ ބަދަލު ހިފުން ވަރުގަދަވެފައި ނުރައްކާވާނެ. އެއްގޮތަކަށްވެސް އުފާފާޅުކުރާނެ ކަމެއް ނެތް. އަހަރެމެންގެ ލީޑަރުން ވެސް ތިބޭނެ. ހަރަކާތްތައްވެސް މަދެއް ނުކުރެވޭނެ،" އޮފިޝަލު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ޖާސޫސީ އިދާރާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ ހުންނެވި ގެކޮޅުގެ މަޢުލޫމާތު ޔަހޫދީން ވަނީ އިރާނުގެ ޖާސޫސީ ބައެއްގެ އަތުން ބޮޑު އަގުގައި ގަނެފައެވެ.
އެކަމާ ގުޅިގެން އިރާނުން ބުނެފައިވަނީ އެހުރިހާ ކަމެއް ތަހުގީގުކޮށް އެކަންކަމުގެ އެންމެ އަޑިއަށް ފީނޭނެ ވަރުގެ ތަޖުރިބާކާރު ތަހުގީގު ޓީމެއް މިހާރު އެކުލަވާލައި ރެއާއި ދުވާލުގެ މަސައްކަތަކަށް އެކަން ހަދާފައި ވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
