މާލެ: 31°C
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ

July 31, 2024
3 ފަހަރު ބަލާފައި
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އިންޑިއާގެ ވިއޯން ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި ބައްދަލު ކުރެއްވުމުގެ އިތުރުން ފޮރިން މިނިސްޓަރ، މޫސާ ޒަމީރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފައެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފައެވެ. އެގޮތުން، ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން ދާދިފަހުން އިންޑިއާ އިން ފަސްކޮށްދީފައިވާއިރު، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވެސް ވަޑައިގެންނެވިއެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމެޖެހިފަިއވާއިރު، ފާއިތުވި ތިން މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވިއިރު، އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިވަގުތު ހުންނެވީ އިންޑިއާގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ