މާލެ: 31°C
"އެންމެން ރުއްސައިގެން ގައުމެއް ނުހިންގޭނެ"

"އެންމެން ރުއްސައިގެން ގައުމެއް ނުހިންގޭނެ"

July 31, 2024
2 ފަހަރު ބަލާފައި
"އެންމެން ރުއްސައިގެން ގައުމެއް ނުހިންގޭނެ"
އެންމެން ރުއްސައިގެން ގައުމު ނުހިންގޭނެ ކަމަށާއި ރަނގަޅަށް ކަންތައް ކުރާނަމަ މީހުންގެ ނުރުހުން އަމާޒުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ސަލީމް ވިދާޅުވެފައި ވަނީ ރައީސްގެ ވިސްނުންފުޅަކީ ތެދުވެރިކަމާ އެކުގައި މަސައްކަތް ކުރުން ކަމަށާއި އެ މަގުން މަސައްކަތްކޮށް ގައުމު ހަމަމަގަށް އެޅުވުން ކަމަށެވެ. ސަލީމް ވަނީ މީހުން ދައްކާ ވާހަކަތަކަށާއި ނޫސްތަކުގައި ޖަހާ ތަކެއްޗަށާއި މީސް މީޑިއާގައި ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމަށް ރައީސްއަށް ގޮވާލައްވާފަ އެވެ. ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މަޝްވަރާގެ ރިވެތި އުސޫލަށް ތަބާވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ކިތަންމެ ކުޑަކަމަކާ ގުޅިގެން ވިޔަސް އިސްބޭފުޅުންނާއި ވަޒީރުންގެ އިތުރުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ކަަމަށެވެ. އެހެން އެކަން ހުރި ނަމަވެސް ރައީސް އާ މެދު ހަސަދަވެރިވެ، އެމަނިކުފާނުގެ އަބުރާއި އިއްޒަތަށް އަރައިގަނެ، އެމަނިކުފާނުގެ އަގުވައްޓާލައި، ހިތު ހުރިހާ އެއްޗެއް ކިޔަމުން އަންނަކަން ފާހަގަކުރައްވާ އެކަން އެގޮތަށް ކުރަނީ ކީއްވެގެންތޯ ސަލީމް ސުވާލު އުފެއްދެވި އެވެ. އޭދަފުށީގެ މެމްބަރު ވިދާޅުވި ގޮތުގައި އެކަންކަމާ މެދު ވިސްނަން ވެއްޖެ ނަމަ ދުވާލު ހަތަރުދަމު، ނިދުމެއް ނެތި ތިބެން ޖެހޭނީ އިތުރު ކަމެއް ނުކޮށް ކަމުގަ އެވެ. އެކަން ކަމަށް ނުބަލައި މަސައްކަތްތަކައިގެން ދާނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ