މާލެ: 31°C
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރައްވައިފި

ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރައްވައިފި

July 31, 2024
2 ފަހަރު ބަލާފައި
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރައްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް، އަހުމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފި އެވެ. ގަވަރުނަރު ކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މުނައްވަރާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ފައިނޭންސްގެ ދާއިރާ އާ ގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގުތިސޯދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގަ އެވެ. މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ