މާލެ: 31°C
ފައިސާ ޗާޕުކުރަން ޖެހޭވަރަށް އިގްތިސާދު ގޯހެއް ނޫން

ފައިސާ ޗާޕުކުރަން ޖެހޭވަރަށް އިގްތިސާދު ގޯހެއް ނޫން

July 31, 2024
2 ފަހަރު ބަލާފައި
ފައިސާ ޗާޕުކުރަން ޖެހޭވަރަށް އިގްތިސާދު ގޯހެއް ނޫން
އިގްތިސާދީ ހާލަތު ސަރުކާރުން ދައްކަން ބޭނުންވާހާ ގޯސް ނޫން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން “ހަވަރު ބެރު” ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަން ގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ފައިސާ ޗާޕް ކުރާނެ ހާލަތުގައެއް ނޫންކަމަށެވެ. އޯވަރ ޑްރާފްޓް އިތުރަށް ލިމިޓް ކުރީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގަ އޮންނަ ލުއި ދެވޭ ހާލަތުގައި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އެ ހާލަތު ކޮވިޑް 19 ގެ ތެރޭގައި އޮތް ކަމަށާއި އަދި އެހާލަތު އޭގެ ފަހުން 2022 ވަނަ އަހަރު އެކްސްޓެންޝަން ގެނޭއިރު އޮތް ކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ރައްޖެ އޮތީ އޯޑީ ލިމިޓް ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އަދި މިހާރު ސަރުކާރު ބޭނުންވި ނަމަވެސް އެކަން ގާނޫނުގެ ތެރެއިން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރީ ފިސްކަލް ރެސްޕޯންސިލިބިޓީ އެކްޓުގައި، އެކްޒެމްޝަންސް ދެވޭ ހާލަތުގައި އޮތީމަ ކަމަށް އަމީރު ތަކުރާރު ކުރެއްވިއެވެ. އަމީރު ވިދާޅުވީ އޭރު އެމްޑީޕީގެ ސަރުކާރުން އެކަން ކުރީ ކޮންމެހެންވެސް އެކަން ކުރަންޖެހޭތީ ކަމަށާއި، އަދި ކޮވިޑް19 ގައި ފިޔަވަޅުތައް އެޅީ ކޮންމެ ކަމެއްވެސް އެނގިގެން ކަމަށެވެ. އަދި ހަމަ އެއާއި އެކު ފަހުން ނަގަންޖެހޭނެ ރިފޯމްތަކާއި ހުރިހާ އެއްޗެއްވެސް ދިރާސާކޮށްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. 2021، 2022، 2023 އަށް ބެލިޔަސް ބެސްޓް ކޭސް ސިނާރިއޯ، މޮޑަރޭޓް ކޭސް ސިނާރިއޯސް ތަކާއި ވޯސްޓް ކޭސް ސިނާރިއޯތައް ފާހަގަވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ