މާލެ: 31°C
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 148 މިލިއަން ރުފިޔާގެ ސާފްފައިދާއެއް

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 148 މިލިއަން ރުފިޔާގެ ސާފްފައިދާއެއް

July 30, 2024
2 ފަހަރު ބަލާފައި
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 148 މިލިއަން ރުފިޔާގެ ސާފްފައިދާއެއް
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފްފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެސްޓީއޯއިން އާއްމުކޮށްފައިވާ އެކުންފުނީގެ މިދިޔަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯގެ މި ކުއާޓަރުގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރީގެ އެންމެބޮޑު ސެގްމަންޓް ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވުމާއި ގުޅިގެންނެވެ. ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރއާއި އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާއެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރގައި ވަނީ 203 މިލިއަން ރުފިޔާ ލިބިފައެވެ. ދެވަނަ ކުއާޓަރުގެ ސާފްފައިދާ 148 މިލިއަން ރުފިޔާގައި ހުރިއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ