މާލެ: 31°C
ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއަކީ މިހާރު ޑިމޮކްރަސީގެ ޗެމްޕިއަނެއް ނޫން

ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއަކީ މިހާރު ޑިމޮކްރަސީގެ ޗެމްޕިއަނެއް ނޫން

July 30, 2024
2 ފަހަރު ބަލާފައި
ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއަކީ މިހާރު ޑިމޮކްރަސީގެ ޗެމްޕިއަނެއް ނޫން
ޗައިނާ އާއި އެމެރިކާ އަކީ އަބަދުވެސް އިންތިހާ ވާދަވެރި ދެގައުމެވެ. ޗައިނާގެ ޖާސޫސީ މަސައްކަތުގެ އެންމެ ބޮޑު ބައެއް ހާއްސަކޮށްފައި އޮންނަނީ އެމެރިކާ އާއި އެމެރިކާގެ އެކުވެރިންނަށް ޖާސޫސް ކުރުމަށެވެ. ހަމަ އެގޮތަށް އެމެރިކާއިން ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ޗައިނާ އާއި ރަޝިޔާ ބަލިކަށިކޮށްލުުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅެއެވެ. ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއިން މިހާރު ގެންދަނީ ތަކުރާރުކޮށް މިސްޓޭކް ހަދަމުންނެވެ. ރަޝިއާއި ޔޫކްރޭނާ ދެމެދު ހިނގާ ހަމަނުޖެހުންތަކަށް ބަލާއިރު ޔޫކްރެއިންގެ އެންމެ ބޮޑު ހިތްވަރަކީ އެމެރިކާއެވެ. ދެން ނޭޓޯގެ ގައުމުތަކެވެ. ހަމަ އެގޮތަށް އިޒްރޭލުން މިހާރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ ވެސް އެމެރިކާގެ އެހީތެރިކަމާއި ބައިވެރިވުން އޮވެގެން ހިންގާ ކަންކަމެވެ. އެކަމަށް އެމެރިކާގެ ބަޖެޓުން އިޒްރޭލަށް ހޭދަކުރެއެވެ. އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައްވެސް ޗައިނާއިން ސިފަކޮށްފައި ވަނީ އެއީ އެމެރިކާ އާއި އިޒްރޭލުގެ ގަދަބަދަވިކަން ނިމުމުގެ ސިއްކަ ޖެހެމުންދާ ކަމެއްގެ ގޮތުގައެވެ. އަދި ރަޝިޔާއާއި ޗައިނާ ގުޅިގެން އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފަހަށް ޖައްސާލުމަށްޓަކައި ޔޫކްރެއިން މެދުވެރިވެގެން ރަޝިޔާއަށް ބިރުދައްކައި އެންމެ ފަހުން ހަނގުރާމައެއް ފެށިގެން ކުރިއަށްދާ ދިއުމާމެދު ޗައިނާއިން ދެކެނީ އެއީ އެމެރިކާއާއި ހުޅަނގުގެ ވެއްޓުން ކަމަށެވެ. އެމެރިކާއަކީ މިހާރު ޑިމޮކްރަސީގެ ޗެމްޕިއަން ނޫން ކަމަށާއި އަދި މިހާރު ފެނިގެން ދަނީ އެމެރިކާގެ ގަދަބަދަވިކަން ނިމުމަކަށް އަންނަތަން ކަމަށަށް ޗައިނާއިން ތަކުރާރުކޮށް ބުނުމުންވެސް އެމެރިކާއިން ރައްދުގައި އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ