މާލެ: 31°C
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

July 30, 2024
2 ފަހަރު ބަލާފައި
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އިސްމާއިލް ހަބީބް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ފާސްކޮށްފިއެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ހަބީބަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވްރެޖް 75 ޕަސެންޓަށް ވުރެ އިތުރަށް މާކްސް ލިބިފައިވާ ކަމަށެވެ. އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުކަމަށް ހަބީބްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާއިރު ހަބީބަކީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރުކަން ދެ ދައުރަކަށް ކުރައްވާފައިވާ ފަރާތެކެވެ. މި އަހަރުގެ މާޗު މަހު ހަބީބުގެ ދެވަނަ ދައުރު އީސީގައި ހަމަވި އިރު، އޭނާ ވަނީ އީސީގައި 21 އަހަރު ހިދުމަތް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ