މާލެ: 31°C
ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ

July 30, 2024
2 ފަހަރު ބަލާފައި
ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ. ޕީއެންސީން ބުނީ، އެ ޕާޓީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ. މި ޖަލްސާއަށް އެ ޕާޓީން ވަނީ ހުރިހާ ބޭފުޅުންނަށް ދައުތު އަރުވާފައެވެ. ޕީއެންސީން ހަރުގެ ޖަލްސާއެއް މިރޭ އޮންނައިރު، އެ ޖަލްސާގައި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމްގެ އިތުރުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ. އެ ޕާޓިން އެންމެ ފަހުން ހަރުގެ ޖަލްސާއެއް ބާއްްވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ