
އަންހެނުންތައް، މެމްބަރު ހުސެންބެ ފަހައި ދުވަނީ!
އަންހެނުންތައް، މެމްބަރު ހުސެންބެ ފަހައި ދުވަނީ!
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސެއްގައި ހުޅުމާލޭ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ޝަރީފް (ހުސެންބެ) އަންހެނުންނާއި ގުޅުވައިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އަންހެނުން ރުޅިގަދަވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނުނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ބައެވެ. މި ބަހުސްގައި ވާހަކަދައްކަވަމުން ހުސެންބެ ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވީ ރާއްޖޭގެ އެކި ދާއިރާތަކުގައި ބިދޭސީ މަސައްކަތްތެރިން އަތްގަދަ ކޮށްފައިވާލެއް ބޮޑުކަމާ ގުޅޭގޮތުންނެވެ.
ބަހުސްގައި ހުސެންބެ ވިދާޅުވީ މަސްވެރިކަމަށް ބެލިނަމަވެސް ތިބެނީ ބިދޭސީންކަމަށާއި، ކަންމަތީ ފިހާރައާއި، ސައި ހޮޓާތަކުގެ އިތުރުން ކޭޝިޔަރަކަށް ބެލިއަސް ތިބެނީ ބިދޭސީން ކަމަށެވެ. މައްސަލަ ގޯސްވި ހިސާބަކީ، ގޭތެރޭގެ ކަންކަމުގައި އަންހެނުންގެ ބަދަލުގައި ބިދޭސީން ތިބޭކަމަށް ބުނި ހިސާބުންނެވެ. މި މޭރުމުން ވާހަކަދައްކަވަމުން ހުސެންބެ ވިދާޅުވެފައިވަނީ، މިހާރު ގޭގައި ކައްކާ ކާއެތިކޮޅު ފޯރުކޮށްދިނުމަށް ވެސް އަނބިމީހާގެ ބަދަލުގައި މިހާރު އެކަން ކުރަނީ ބިދޭސީމީހާ ކަމަށެވެ.
"އަނބިމީހާ އޮންނަނީ ގޭގެ ރީތިކޮށް ދެފައި، ދަމާލައިގެން.. އޭނަ އިންނަނީ ގޭގަ ކޮންމެވެސް ކަސޯޓީއެއް އެއްޗެއް ބައްލަވަން.. އަޅުގަނޑުމެން ފިރިމީހާ ގެއަށް ދާއިރު ކާއެތިކޮޅު ފޯރުކޮށްދޭންވެސް މިހާރު ހުންނަނީ ބިދޭސީއެއް.. މަޖާތަންކޮޅަކީވެސް ހުންނަނީ ބިދޭސީ ފިރިހެނެއް" ހުސެންބެ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ ހުސެންބެ ދެއްކި ވާހަކަތަކަށް ރައްދުދީ ހަދާފައެވެ. ބައެއް މީހުން ބުނީ، ހުސެންބެ އަންހެނުންނަށް ބާލަންޖެހޭ ރުޅިގަނޑު އެ ބޭލީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.
އަނެއްބައި އަންހެނުން ބުނީ، މަޖިލީހުގެ ތަޅުމުގައި މިއަދު ހުސެންބެގެ ވާހަކަ ދައްކާފައިވަނީ އަންހެނުންނަށް އިހުތިރާމް ކުޑަވާގޮތަށް ކަމަށެވެ. އަންހެނުންނަކީ ޒިއްމާދާރުބައެއް ކަމަށާއި، ދަރިންތަރުބިއްޔަތުކޮށް ހޭނުމުގައި އަންހެނުންނާ ކައިރިއަށްވެސް ނާދެވޭނޭކަމަށެވެ.
ހުސެންބެ އަކީ އާއްމުގޮތެއްގައި ޕޯޑިއަމްތަކަށް އަރައި ވާހަކަދެއްކުމުގައި ބައެއްފަހަރު ހީނުކުރާފަދަ ގޮތްގޮތަށް ވާހަކަ ދައްކައި އުޅޭ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެންމެފަހުން ޕީއެންސީ ޖަލްސާއެއްގައި އިންޑިއާ އައުޓް ކެމްޕޭނާ ގުޅޭގޮތުން ހުސެންބެ ދެއްކެވި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ހުސެންބެ ވިދާޅުވީ، އިންޑިއާ އައުޓް ޖެހި ޓީޝާޓް ތުރުކުރައްވަން ޖެހިވަޑައިގެންނެވީ، އެތައް ރައްޔިތެއްގެ މަސްލަހަތުގެ ބަޑި ބޮލުގައި ޖައްސާފައިހުރުމުގެ ސަބަބުންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
