މާލެ: 31°C
އެމްއެމްއޭގެ ގަވަރުނަރު: ގާސިމް ވިދާޅުވަނީ އެއީ ބާރެއް ނެތް މީހެއް ކަމަށް

އެމްއެމްއޭގެ ގަވަރުނަރު: ގާސިމް ވިދާޅުވަނީ އެއީ ބާރެއް ނެތް މީހެއް ކަމަށް

July 29, 2024
2 ފަހަރު ބަލާފައި
އެމްއެމްއޭގެ ގަވަރުނަރު: ގާސިމް ވިދާޅުވަނީ އެއީ ބާރެއް ނެތް މީހެއް ކަމަށް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރަކީ އެއްވެސް ބާރެއް އޮތް މީހެއް ނޫން ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވީ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ގަވަރުނަރަކަށް އައްޔަނުކުރަން ނަން ފޮނުވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އިންޓަވިއުކުރުމަށްފަހު ދެއްކި ވާހަކާގަ އެވެ.
ގާސިމް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަކީ އެއްވެސް ބާރެއް އޮތް މީހެއް ނޫން ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2005 އިން 2007 އަށް ގަވަރުނަރަކަށް ހުންނެވި ގާސިމް، އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ، "މިފަދަ ނިޒާމެއްގައި ކަންކަން ވެގެންދާނެ ގޮތް އިހުސާސް ކުރެވޭ" ކަމަށެވެ. ގާސިމް ވިދާޅުވީ، އެމްއެމްއޭގެ ބޯޑާއި ރައިސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެއްގޮތަށް ނޫނީ ގަވަރުނަރަށް ފިޔަވަޅެއް ނޭޅުއްވޭނެ ކަމަށާއި، އެކަންކަން އެގޮތަށް ވަނީ ފިސްކަލް ޕޮލިސީ ހަރުދަނާ ނުވުމުން ކަމަށެވެ. އަދި ހަރަދުތައް ދެކޮޅު ނުޖެއްސޭތީ ކަމަށެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރީ، އޭނާ އަކީ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތް މީހެއް ކަމަށް މަޖިލީހަށް ގަބޫލުކުރެވުމުން ނެވެ.  އޭނާ ވަކިކުރުމުގެ ބަހުސް މަޖިލީހުގައި ކުރިއަށްދިޔައިރު، ބައެއް މެމްބަރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ހާޝިމް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން އެގޮތަށް ނިންމީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށް ބުނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ