މާލެ: 31°C
ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރުމަށް ކޮމިޓީން ރުހުންދީފި

ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރުމަށް ކޮމިޓީން ރުހުންދީފި

July 29, 2024
2 ފަހަރު ބަލާފައި
ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރުމަށް ކޮމިޓީން ރުހުންދީފި
ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު އައްޔަންކުރަން ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން މުނައްވަރަށް ރުހުންދީފައިމިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުްނގެ އިއްތިފާގުންނެވެ،. މާލިއްޔަތު ކޮމިޓީން ވަނީ މުނައްވަރުއާ އިންޓަވިއުވެސް ކޮށްފައެވެ. ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ނިމިގެންދިޔަ ހަފްތާގައެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މުނައްވަރަށް 70 އިންސައްތަ މާކްސްދީފައެވެ. ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް ނިންމީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ހާޝިމް މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ. ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ، ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިއްމާތައް އަދާކުރައްވަމުން ނުދާތީކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ. ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ. ގަވަރުނަރުކަމުގެ މަޤާމަށް އައްޔަނުކުރުމަށް މަޖިލީހަށް ނަން ފޮނުއްވި އަހުމަދު މުނައްވަރަކީ، މިހާރު، ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެކެވެ. މުނައްވަރު މާލީ ވަޒީރުގެ މަޤާމު ފުރުއްވާފައިވަނީ ރައީސް ޔާމީނު ސަރުކާރުގައެވެ. މުނައްވަރު ވަނީ މީގެ ކުރިން މަރުކަޒީ ބޭންކުގައިވެސް 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. މުނައްވަރުގެ ތައުލީމީ ހަޔާތަށް ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ މެކުއާރީ ޔުނިވަރިސިޓީން މާސްޓަރސް އޮފް އިކޮނޮމިކްސް ހައްދަވާފައެވެ. މާސްޓާސް ހެއްދެވިއިރު ހާއްސަވި ދާއިރާތަކުގެ ތެރޭގައި ފިނޭންސް، އަދި މަނިޓަރީ އިކޮނޮމިކްސް ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ