މާލެ: 31°C
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ފަށަނީ

މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ފަށަނީ

July 29, 2024
2 ފަހަރު ބަލާފައި
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ފަށަނީ
މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. މެލޭޝިއާ އެއާލައިންސްއިން ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ހެނދުނުއެވެ. ރާއްޖެއަށް ކުރާ މި ދަތުރުތަކަށް ބޭނުން ކުރާނީ ބޮއިން 800-737 މަރުކާގެ ބޯޓެވެ. މިއީ 174 މީހުންގެ ޖާގައިގެ ބޯޓެކެވެ. މެލޭޝިއާ އެއާލައިންސްއިން ރާއްޖެއަށް ހަފުތާގެ 7 ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އެމްއޭސީއެލުން ބުނީ މެލޭޝިއާގެ ކުއަލަލަމްޕޫރުން މާލެއަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރީ، އެމްއޭސީއެލް، އެމްއެމްޕީއާރްސީ އަދި މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ