މާލެ: 31°C
އަލިފާން ރޯވީ ޑްރަގް ހާއްޔެއްގައި، ބައެއް މީހުން ހައްޔަރުކުރި ކަމުގެ އަޑުތައް

އަލިފާން ރޯވީ ޑްރަގް ހާއްޔެއްގައި، ބައެއް މީހުން ހައްޔަރުކުރި ކަމުގެ އަޑުތައް

July 29, 2024
2 ފަހަރު ބަލާފައި
އަލިފާން ރޯވީ ޑްރަގް ހާއްޔެއްގައި، ބައެއް މީހުން ހައްޔަރުކުރި ކަމުގެ އަޑުތައް
ފަޅު އިމާރާތެއްގެ ގޮތުގައި ހުރި "އޯކިޑު ޕްލާޒާ"ގައި އަލިފާން ރޯވި މައްސަލާގައި ބައެއް މީހުން ހައްޔަރުކުރިކަން މުއުތަބަރު ގޮތެއްގައި މިނިވަންއަށް އެނގިއްޖެއެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކުރީ "އޯކިޑު ޕްލާޒާ" ތެރެއިންނެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ އެ އިމާރާތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާން ރޯވިއެވެ. އެތަނުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކުރަން އެތަނަށް ވަދެ ތިބި ބައެއްކަން އެނގިފައިވެއެވެ. އެތަނުން ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ. އެ އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެނުކުމެ ހަދާތަނެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުންޏެވެ. އޯކިޑް ޕްލާޒާގައި ފަތިހު ރޯވި އަލިފާން ނިއްވާލީ މިއަދު އިރުއެރިފަހުންނެވެ. ކުންޏާއި ދުވަސްވީ ސާމާނުތަކުން ގޮނޑުވެފައިވާ އެތަނުގައި އަލިފާން ރޯވުމުން، ކައިރި ގެތަކުން ރޭ ފަތިހު މީހުން ހުސް ވެސްކުރިއެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވުމުން އެ މީހުން ވަނީ ގެތަކަށް ވައްދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ