މާލެ: 31°C
ޓޫރިޒަމް މިނިސްޓަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

July 29, 2024
2 ފަހަރު ބަލާފައި
ޓޫރިޒަމް މިނިސްޓަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
"ވެލްކަމް އިންޑިއާ" ގެ ނަމުގައި ބާއްވާ ރޯޑްޝޯގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސާލް އިންޑީއާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި ޕްރޮމޯޓްކުރަން ބާއްވާ މި ރޯޑްޝޯތައް މާދަމާ އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި މަޓާޓޯގެ އިތުރުން ގެސްޓް އެސޯސިއޭޝަން ގުޅިގެން ބާއްވާ ރޯޑްޝޯ އިންޑިއާގެ ތިން ސިޓީއެއްގައި ބާއްވާނެއެވެ. އޭގެ ތެރޭގައި ވެރިރަށް، ނިއު ދިއްލީ، މުމްބާއީގެ އިތުރުން ބެންގަލޯރް ހިމެނެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ފައިސާލްގެ އިތުރުން ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވާނެއެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އަކީ މިހާރު 6 ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި މަހުގެ 27 އާ ހަމައަށް އެ ގައުމުން ރާއްޖެ އައިސްފައިވަނީ 70،753 ޓޫރިސްޓުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ