މާލެ: 31°C
15 ކިލޯގެ ކެނަބިސް ބަސްޓެއް، އެތެރެކުރަން އުޅުނީ ވައިގެ މަގުން

15 ކިލޯގެ ކެނަބިސް ބަސްޓެއް، އެތެރެކުރަން އުޅުނީ ވައިގެ މަގުން

July 29, 2024
3 ފަހަރު ބަލާފައި
15 ކިލޯގެ ކެނަބިސް ބަސްޓެއް، އެތެރެކުރަން އުޅުނީ ވައިގެ މަގުން
ވައިގެމަގުން ރާއްޖެ އެތެރެކުރި 15.38 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންނާއި ކަސްޓަމްސް އިން ބުނެފިއެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާގޮތުގައި މަސްތުވާތަކެތިގެ އެ ތަކެއްޗަކީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އީކޭ ފްލައިޓް 656 އިން ރާއްޖެ އައި މެލޭޝިޔާގެ ރައްޔިތަކު އެތެރެކުރި މަސްތުވާތަކެއްޗެވެ. 15.38 ކިލޯގެ މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 12.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމުގައި ކަސްޓަމްސް އިން މިއަދު ބުންޏެވެ. ކަސްޓަމްސް އާއި ފުލުހުން ބުނީ މިކަމާއި ގުޅިގެން މެލޭޝިޔާގެ ދެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު އެކަކީ މިތަކެތި އެތެރެކުރި، އުމުރުން 44 އަހަރުގެ މީހެއް ކަމަށާއި އަދި ދެވަނަ ފަރާތަކީ ހަމަ މެލޭޝިޔާއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ކަމުގައި ހަތަރު ގައުމެއްގެ ރައްޔިތުން ބައިވެރިވާކަމުގައި ބެލެވޭއިރު އިތުރު ބަޔަކު ދެނެގަނެވިފައިވާކަމުގައިވެސް ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ހާމަކުރިއެވެ. އަދި މިއީ ވައިގެމަގުން މިހާތަނަށް ރާއްޖެ އެތެރެކުރި އެންމެ ގިނަ މަސްތުވާތަކެތި ކަމާއި އަދި މި އަހަރު ރާއްޖެ އެތެރެކުރި، އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެތިކަން ކަސްޓަމްސް އިން ފާހަގަކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ