މާލެ: 31°C
މިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިއްޔެ

މިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިއްޔެ

July 28, 2024
2 ފަހަރު ބަލާފައި
މިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިއްޔެ
މިދިޔަ ދެމަސްދުވަހުގެ ތެރޭގައި އެއްދުވަހަކާ އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރަމުން އައި ފަތުރުވެރިންގެ ނިސްބަތް ވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ 3000 އާއި 4500 އާ ދެމެދުގެ އަދަދެއްގައެވެ. ނަމަވެސް ޖުލައިމަހުގެ މެދަކާ ހަމައިން ރާއްޖެއަށް ޒިޔާރަތޔްކުރި ފަތުރުވެރިން އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިދިޔަ ހޮނިހިރުދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 6،215 ފަތުރުވެރިން ޒިޔާަތްކޮށްފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,159,808 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,055,031 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަން ފަހަނަ އަޅައި ދިއުމެވެ. ހިނގަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް، ކުރިން ފަތުރުވެރިން އައުން މަދު ޔޫރަޕްގެ ބައެއް ޤައުމުތަކުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ