
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދިނީ ވަގުތުދެވެން ނެތުމުން: ތޯރިގު
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދިނީ ވަގުތުދެވެން ނެތުމުން: ތޯރިގު
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާދިނީ، މަސްއޫލިއްޔަތު އަދާކުރަން ވަގުތު ދެވެން ނެތުމުގެ ސަބަބުންކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ތޯރިޤް އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދިނީ، މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުންނެވެ.
ތޯރިގު އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ވިދާޅުވި ނަމަވެސް، އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ.
ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ތޯރިގް އައްޔަނުކުރުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމަކަށެވެ.
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު މި އިސްތިއުފާ ދެއްވީ އެ މަގާމަށް ހޮވިތާ ތިން މަސް ވެސް ނުވަނީސް އެވެ. ޕީޖީގެ ނައިބުގެ މަޤާމުން ތޯރިގު އިސްތިއުފާ ދެއްވާފައިމިވަނީ މިފަހަކުން އޭނާގެ މަސްލަހަތު އޮންނަ ސަފާރީއެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށެވެ. އަނެއްކޮޅުން ކުރީގެ ޤައުމީ ޓީމުގެ އިތުބާރު ފޯވަޑް ތޯރިގް މިހާރު އަންނަނީ އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރުމަށް ކެމްޕެއިންވެސް ކުރައްވަމުންނެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ޕީޖީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
