
މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި
ލިޔުން:
މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލާގައި އަންހެނަކު ވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން އެމީހާގެ ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ 26 އަހަރާއި 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. 26 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 60 ދުވަސް ދީފައެވެ. އަދި 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދިޔަ އުމުރުން 43 އަހަރުގެ ދިވެހި އަންހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި އަނިޔާ ލިބުނު މީހާ މއ. މަސްފަންގެއަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށެވެ. މއ. މަސްފަންގެއަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން އެގެއަށް ވެއްދުމަށްފަހު ބިރުދައްކާ ފޭރުމުގެ ރެކޯޑް އޮތް ތަނެއް ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، މި މައްސަލައިގައި އަނިޔާލިބުނު މީހާ މއ. މަސްފަންގެއަށް ވަނުމުން އިތުރު ދެ ފިރިހެނުން އޭނާ ހިފަހައްޓާ ބަންދުކޮށް، އޭނާއަށް ވަޅިއަކުން ބިރުދައްކާ، އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ ފޯނުއަތުލައި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000 ރުފިޔާ ފޮނުވާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން 25،000 ރުފިޔާ ނަގާފައިވާ ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
