މާލެ: 31°C
ބަރަހަނާކޮށް ބިރުދައްކައި ފޭރުނު މީހުން ހައްޔަރު

ބަރަހަނާކޮށް ބިރުދައްކައި ފޭރުނު މީހުން ހައްޔަރު

July 27, 2024
2 ފަހަރު ބަލާފައި
ބަރަހަނާކޮށް ބިރުދައްކައި ފޭރުނު މީހުން ހައްޔަރު
މާލޭގެ ގެއެއްގެ ތެރޭގައި ގަދަކަމުން މީހަކު ބަރަހަނާކޮށް އޭނާއަށް ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެއެއްގެ ތެރެއަށް މީހަކު ވައްދައި އޭނާ ބަރަހަނާ ކުރުމަށް ފަހު ބިރު ދައްކައިގެން ފައިސާ ފޭރިގެންފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހާ ހިފަހައްޓައި ބިރު ދެއްކުމަށް ފަހު ކޭޝްކާޑު ހޯދައިގެން އެކައުންޓުގައި ހުރި ފައިސާ ވަނީ އެއްކޮށް ފޭރިގެންފަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރާއި، 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އަދި އެ މީހުން ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ އެކެއްގެ ބަންދަށް 30 ދުވަސް، އަދި ދެވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހައިދީފަ އެވެ. ބިރު ދައްކައި، މީހުން ރަހީނު ކުރުމާއި ފައިސާ ފޭރުމުގެ އެކި މައްސަލަތައް މިފަހުން ވަނީ ފެންމަތިވާން ފަށާފަ އެވެ. އަދި ފުލުހުން ވަނީ އޮޅުވާލައިގެން ހިޔާ ފްލެޓަކަށް މީހުން ގެންގޮސް އެ މީހުން އަތުން ފޭރޭ މައްސަލައެއް ވެސް ތަހުގީކޮށް އެކަމުގައި ހިމެނޭ ގުރޫޕު ހައްޔަރުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ