ފުލުހުންނާ ކަސްޓަމްސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވަނީ މިދިޔަ ބުދަ ދުވަހު އަތުލައިގަތް 2 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މައުލޫމާތު ދީފަ އެވެ.

ޑްރަގް ބަސްޓެއް، ތިން މީހުން ހައްޔަރަށް
ޑްރަގް ބަސްޓެއް، ތިން މީހުން ހައްޔަރަށް
ލިޔުން:
ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ ލަގެޖުން ދެ ކިލޯގެ ޑްރަގު އަތުލައިގަނެފި އެވެ.
ކަސްޓަމްސްގެ ސުޕްރިންޑެންޓް އަހުމަދު އަފްޒަލް ވިދާޅުވީ އެމީހާ ރާއްޖެ އައިސްފައިވަނީ އަބޫދާބީ މަގުން ކަމަށެވެ. ލަގެޖުން އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އެ ތަކެތި ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެތަކެތީގެ ޖުމްލަ ބަރުދަނުގައި ޕެކިންއާ އެކު 2.12 ކިލޯގްރާމް ހުންނާނެ ކަމަށެވެ.
"އެ ތަކެތީގެ މަގުމަތީ އަގަށް ބަލާކަމުގައި ވާނަމަ އެއީ 2،120،000 ރުފިޔާގެ ތަކެތި" އަފްޒަލް ވިދާޅުވި އެވެ.
ޕާކިސްތާނު މީހާގެ އިތުރުން އެ މައްސަލައާ ގުޅުން ހުރި ދެ ދިވެހި ފިރިހެނަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޑެންޓް ނާހިލް ހުސެއިން ވިދާޅުވީ އެ މީހުން އަތުލައިގަތީ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
" މި ކޭސްއަކީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން ފެނުނު މަސްތުވާތަކެތީގެ މައްސަލައަކަށްވާތީ އަދި މި ކޭސްއަކީ ތަހުގީގުގެ ވަރަށް އާލީ ސްޓޭޖްގައި އުޅޭ މައްސަލައެއް... އަޅުގަނޑުމެންނާ ކަސްޓަމްސް އިން މަސްތުވާތަކެތި އެ މީހާއާ ހަވާލުކުރުމަށްފަހު އަޅުގަނޑުމެން ހިންގި ކޮންޓްރޯލްޑް ޑެލިވަރީގެ ބައެއް މައުލޫމާތުތައް ތިބޭފުޅުންނާ ހިއްސާކޮށްލާނަން" އޭނާ ވިދާާޅުވި އެވެ.
މި މައްސަލައިގަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންނާ ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުންގެ ޓްރެފިކިން އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ތިން މީހުން ވެސް ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
އަހުމަދު ވަހީދު ވިދާޅުވީ، އެ ދެ ދިވެހިންނަކީ ވެސް ކުށުގެ ރެކޯޑެއް އޮތް ދެ މީހުން ކަމަށެވެ.
"މިހާރު ހައްޔަރުކުރެވިފައިވާ ފަރާތްތަކުން މިކަމުގައި ބައިވެރިވެފައިވާ މިންވަަރާއި މިކަމާ ގުޅުންހުރި އިތުރު ފަރާތްތަކެއް ތަހުގީގުގެ މަސައްކަތް މިހާރު އެބަކުރެވެމުން އެބަދޭ." މި މައްސަލައިގައި އިތުރު ބައެއް ވެސް ޝާމިލުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
