
ފުލުހުން ހައްޔަރުކުރަން އުޅުމުގައި މީހަކަށް އަނިޔާވުމުން ފަރުވާ ދިނުން ލަސްކުރި މައްސަލައެއް
ފުލުހުން ހައްޔަރުކުރަން އުޅުމުގައި މީހަކަށް އަނިޔާވުމުން ފަރުވާ ދިނުން ލަސްކުރި މައްސަލައެއް
ލިޔުން:
ދިވެހި ފުލުހުންގެ ހިދުމަތުން މުޙައްމަދު އަޒްމީލް ޖަލީލް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވި މައްސަލަ އެންޓި-ޓޯޗަ ގާނޫނުގެ ދަށުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމްގެ ރަސްމީ "އެކްސް" އިން ރޭ ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން އަޒްމީލް ހައްޔަރު ކުރުމަށް ފުލުހުން އެ ގެއަށްގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި އޭނާ މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުނާ ހާދިސާ ފުލުހުންގެ ފަރާތުން އެ ކޮމިޝަނުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
އެންޓި-ޓޯޗަ ގާނޫނު 2013 ގެ ދަށުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މައްސަލަ އާ ގުޅިގެން މިހާތަނަށް އަޒްމީލުގެ އާއިލާގެ ފަރާތުން މައުލޫމާތު ހޯދައި، ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދިފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދުމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާ ނަމަ އޭގެ ފުޓޭޖް ހިއްސާ ކުރުމަށް ފުލުހުންގެ ހިދުމަތުގައި އެޗްއާރުސީއެމުން ވަނީ އެދިފަ އެވެ. އަދި މި މައްސަލަ އާ ގުޅިގެން ހޯދަން ޖެހޭ އިތުރު މައުލޫމާތު އެ ކޮމިޝަނުން ދަނީ ހޯދަމުންނެވެ.
އެޗްއާރުސީއެމުން ބުނެފައި ވަނީ އަޒްމީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބި ސިއްހީ ފަރުވާ ބޭނުންވާ ހާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިން ވެސް އެ ކޮމިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާ ދީފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނައިރު، ތަހުގީގު ނިމުމުން މައްސަލާގައި ފާހަގަވާ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލު ކަމަށް ގެނެވޭނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
