
ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނަގައިފި
ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނަގައިފި
ލިޔުން:
މާލޭގެ ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު ސިޓީ މާދަޑު އަވަށު ބިއްދަރިގޭ އިބްރާހިމް އަހުމަދެވެ.
އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. ނަމާދަށް ހުރި މީހެއްގެ ދަބަސް އޭނަ ވަގަށް ނެގި މައްސަލައިގައި އަތުލައިގަތީ ސީސީޓީވީ ފުޓޭޖްގެ އެހީގައެވެ.
ކްރިމިނަލް ކޯޓުން ވަނީ އިބްރާހީމަކީ ކުރިން ވެސް މިސްކިތްތަކުން ވައްކަން ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އެފަދަ މައްސަލަތަކުގައި އޭނަ ހައްޔަރުކޮށް، ބަންދު ވެސް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން މިސްކިތުން ފަންކާ އާއި ފެންމޯޓަރު ފަދަ ތަކެތި މި ފަހުން ވަގަށް ނަގާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
