މާލެ: 31°C
ދައުލަތަށް 15 ބިލިއަން ނުލިބި އޮތް މައްސަލާގައި މީރާ މަޖިލީހަށް

ދައުލަތަށް 15 ބިލިއަން ނުލިބި އޮތް މައްސަލާގައި މީރާ މަޖިލީހަށް

July 27, 2024
2 ފަހަރު ބަލާފައި
ދައުލަތަށް 15 ބިލިއަން ނުލިބި އޮތް މައްސަލާގައި މީރާ މަޖިލީހަށް
ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ނުހޯދިވާ ސަބަބު މީރާއިން އޮޅުންފިލުއްވާނެ ކަމަށް މަޖިލީހުގެ ނަައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ދިއްގަރު ދާއިރާގެ މެމްބަރު 'އެކްސް' ގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ މީރާ އިން ދައުލަތަށް ނަގަންޖެހޭ ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކުރައްވާފަ އެވެ. "މެއި މަސް ނިމުނުއިރު، ދައުލަތަށް ލިބެންޖެހޭ 15،445،526،584.29ރ. ނުހޯދިވަނީ" ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް މީރާ ހާޒިރުކޮށް އެކަމާ ގުޅިގެން ސުވާލުކުރެވޭނެ އެވެ. "މިކަމުގައި ދެ ގޮތެއް ނެތް. މި ފައިސާ ހޯދަންޖެހޭ. މިކަމުގެ އެންމެ ފުނަށް ދާނަން" ނާޒިމް ވިދާޅުވި އެވެ. ނާޒިމް އާއްމު ކުރެއްވި އަދަދުތަކުން އެނގޭ ގޮތުގައި މެއި މަސް ނިމުުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 9.5 ބިލިއަން ނުލިބެ އެވެ. 5.8 ބިލިއަންގެ އިންޓްރެސްޓު ހިމަނައިގެން ދައުލަތަށް ޖުމްލަ 15 ބިލިއަން ރުފިޔާ ނަގަން ޖެހެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ