މާލެ: 31°C
ސްކައުޓް ފެއަރ ފަށައިގެން ކުރިއަށް

ސްކައުޓް ފެއަރ ފަށައިގެން ކުރިއަށް

July 27, 2024
2 ފަހަރު ބަލާފައި
ސްކައުޓް ފެއަރ ފަށައިގެން ކުރިއަށް
މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާއި ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން ފަން ފެއަރ އެއް އިންތިޒާމުކޮށްގެން ކުރިއަށް އެބަ ގެންދެއެވެ. މަޖީދިއްޔާ ސްކޫލުގައި އިއްޔެ ހަވީރު 16:00 ގައި ފެށުނު މިފެއަރ މިއަދު ހަވީރު 1800 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ. މިފެއަރއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ 9 ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއަރއެކެވެ. މިފެއަރގައި ތަފާތު ޢުމުރު ފުރާތަކަށް ޚާއްޞަ ޙަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާއިރު، ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ. މިފެއަރ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއަރ އެއް އިންތިޒާމުކޮށްފައިވާއިރު، ފެއަރއަށް ވީހާވެސް ގިނަ އެހާރާއި މިހާރުގެ ސްކައުޓުން ޒިޔާރަތް ކުރެއްވުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ