މާލެ: 31°C
ބައެއް ޤައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްދޭނޭކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި: ރައީސް

ބައެއް ޤައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްދޭނޭކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި: ރައީސް

July 26, 2024
3 ފަހަރު ބަލާފައި
ބައެއް ޤައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްދޭނޭކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި: ރައީސް
ބައެއް ޤައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާދެއްކުމުގެ މުއްދަތު ފަސް ކޮށްދޭނޭކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖެއިން އެންމެބޮޑަށް ދަރަނި ނަގާފައިވާ ޤައުމުތަކުގެ ތެރެއިން ޗައިނާއިން ނަގާފައިވާ ދަރަނިތައް، ފަސް އަހަރުފަހުން ދައްކާގޮތަށް ހަމަޖައްސައިދޭނޭކަމުގެ ފެހި ސިގްނަލް އެޤައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. ޗައިނާގެ އިތުރުން އެކުވެރި އަރަބި އިމާރާތުން ނަގާފައިވާ ލޯނުތައްވެސް ހަމަ މި ބީދައިން ފަސްކޮށްދޭނޭކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ރާއްޖޭގެ ދަރަނިތައް އަދާކުރުމަށް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން ޗައިނާ، އެކުވެރި އަރަބި އިމާރާތުގެ އިތުރުން އިންޑިއާއިންވެސް އެކަމުގައި ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އިންޑިއާއަށް އަނބުރާ ދައްކަން އޮތް 50 މިލިއަން ޑޮލަރު، ލޯން އިންޓަރެސްޓާއެކު ފަހުން ދައްކާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމުތަކަށް ދައްކަން އޮތް ލޯނާއި އިންޓަރެސްޓްގެ ބޮޑުބައެއް ދައްކަންޖެހޭ ވަގުތު ކުޑަތަންވެފައިވާއިރު، މީގެ ތެރެއިން ބޮޑެތި ބައެއް ލޯނުތައް ދެއްކުން ފަސްވެގެން ދިއުމަކީ އިގްތިސާދު މެނޭޖްކުރުމަށް މި ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތައް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ