މާލެ: 31°C
ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ފަރަށް އަރައި އަޑިއަށްގޮސްފި

ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ފަރަށް އަރައި އަޑިއަށްގޮސްފި

July 26, 2024
2 ފަހަރު ބަލާފައި
ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ފަރަށް އަރައި އަޑިއަށްގޮސްފި
ގިނަ އަދަދެއްގެ ފަތުރުވެރިން ގޮވައިގެން ދަތުރުގޮސް އުޅުނު ސަފާރީއެއް ފަރަކަށް އަރައި އެ އުޅަނދަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ ފަރަށް އަރާފައިވަނީ މޭނާ ޓްއާސްއިން ހިންގަމުންދާ "މޭނާ" ނަމަކަށް ކިޔާ ސަފާރީއެވެ. މި ސަފާރީ އަރާފައިވަނީ މ އަތޮޅު ވޭވަށް ފަރަށެވެ. އެ ސަފާރީ ފަރަށް އަރާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާރީ ފަރަށް އެރިއިރު، އެވަގުތު 18 ފަރުވެރިންނާއެކު 10 ފަޅުވެރިން ތިއްބެވެ. ސަފާރީ ފަރަށް އެރުމާއެކު، އޭގައިތިބި ފަތުރުވެރިންނާއި، ފަޅުވެރިން ވަނީ ވޭވަށަށް ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ސަފާރީ ފަރަށްއެރުމުގެ ސަބަބުން އޭގެ އެއްބައި އޮތީ ފެނު އަޑީގައެވެ. އަދި ބޯޓުގެ ބަނޑުފިލައަށް ގެއްލުންވުމުގެ އިތުރުން، ބޯޓުގެ ތެރެއަށް ލޮނުގަނޑުވަދެ، އޭގައި ހުރި އެއްޗިއްސަށް ވަނީ ލޮނުގެ އަސަރު ވަރަށްބޮޑަށް ކޮށްފައެވެ. މޫސުން ގޯސްވާ ދުވަސްވަރު ސަފާރީ ފަރަށްއެރުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. މިގޮތަށް ފަރަށް އަރާ ސަފާރީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، އެ ލިބޭ ގެއްލުންތައް ފޫބައްދަނީ އިންޝުއަރަންސް މެދުވެރިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ