މާލެ: 31°C
ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

July 26, 2024
2 ފަހަރު ބަލާފައި
ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ