މާލެ: 31°C
އިސްތިއުފާދިނީ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު މުސާރައެއް ދޭތީ: މާނިއު

އިސްތިއުފާދިނީ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު މުސާރައެއް ދޭތީ: މާނިއު

July 25, 2024
2 ފަހަރު ބަލާފައި
އިސްތިއުފާދިނީ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު މުސާރައެއް ދޭތީ: މާނިއު
ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ކުރާ މަސައްކަތާ އެކަށީގެން ނުވާ ބޮޑު މުސާރައެއް ދޭތީ ކަމަށް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ. ދ ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި،  ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކޮށް، ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ހޯމަ ދުވަހު ބަދަލުކުރި މާނިއު ވިދާޅުވީ އޭނާގެ އިސްތިއުފާ ގަބޫލު ކުރިކަމުގެ ލިޔުން އަދި ނުލިބޭ ކަމަށެވެ. މާނިއު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވާފައިވަނީ އިއްޔެއެވެ. މާނިއު ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށް ކަސްޓަމްސްގެ ކޮމިޝަނަރުކަމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އައްޔަންކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގައެވެ. އެއަށްފަހު ދެ ދުވަސް ވެސް ނުވަނީސް މާނިއު މަގާމުން އިސްތިއުފާދެއްވީ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު މުސާރައެއް ލިބޭތީ އެ މުސާރަ ހަލާލު ނުވާނެތީ ކަމަށް މާނިއު ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރުން އައްޔަން ކުރުމާއި މަގާމުން ވަކި ކުރުމުގެ ކަންކަން ކުރަނީ ރައީސް އޮފީހުންނެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ