މާލެ: 31°C
ހެޕިނެސް އިންޑެކްސްއާ ގުޅޭ ދިރާސާގެ މަސައްކަތް އިސްލާމިކް ޔުނިވަސިޓީއަށް

ހެޕިނެސް އިންޑެކްސްއާ ގުޅޭ ދިރާސާގެ މަސައްކަތް އިސްލާމިކް ޔުނިވަސިޓީއަށް

July 25, 2024
2 ފަހަރު ބަލާފައި
ހެޕިނެސް އިންޑެކްސްއާ ގުޅޭ ދިރާސާގެ މަސައްކަތް އިސްލާމިކް ޔުނިވަސިޓީއަށް
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ދިރާސާ މަސައްކަތް ފަށައިފި އެވެ.
ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްއާ އެވެ. އެ މަސައްކަތް ރަސްމީ ގޮތުން ފެއްޓީ އިއްޔެ އެ ޔުނިވާސިޓީގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑޮކްޓަރ އަލީ ޒާހިރާއި، މި މަސައްކަތުގެ ވިލަރެސް ވެރިންނާއި، އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީތަކުގެ ވެރީންނާއި، ނ. އަތޮޅު ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. ހެޕިނެސް އިންޑެކްސްއަކިީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ. ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތައް:  ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން  ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން  ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު  ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ސަގާފީ ކަންކަން ކުރުމަށް ފުރުސަތު ލިބުން.  މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން  އިޖުތިމާއީ އެހީތެރިކަން  ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު  ސަރުކާރާ މެދު ދެކޭ ގޮތް  ދިރިއުޅުމުގެ ފެންވަރު  ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މި ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާ ލެވޭނެ ކަމަށް ބެލެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ