މާލެ: 31°C
މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އާރްޓީއެލް ބަސްތަކުގެ ސައިޒު ކުޑަކުރަނީ

މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އާރްޓީއެލް ބަސްތަކުގެ ސައިޒު ކުޑަކުރަނީ

July 25, 2024
2 ފަހަރު ބަލާފައި
މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އާރްޓީއެލް ބަސްތަކުގެ ސައިޒު ކުޑަކުރަނީ
އާރްޓީއެލް ބަހުގެ ހިދުމަތްތައް ދިނުމަށް ގެންގުޅޭ އުޅަނދުތަކުގެ ސައިޒު ކުޑަކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ނިންމައިފިއެވެ. މާލޭގައި އުޅަނދުތައް ގިނަވުމުގެ ސަބަބުން ތޮއްޖެހުމަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ ގޮތުން “މާލެ ފަހި” ގެ ނަމުގައި ޓްރާންސްޕޯޓު މިނިސްޓްރީއިން މަސައްކަތްތަކެއް ފަށާފައިވާއިރު، މިކަމުގެ ތެރެއިން ކުރެވިގެންދާ އެއް މަސައްކަތެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކުގެ ސައިޒު ކުޑަކުރުން ހިމެނެއެވެ. އާރްޓީއެލް ބަހުގެ ހިދުމަތަކީ މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ކުރަމުންދާ ހިދުމަތެއް ކަމަށާއި އެހެންމަވެސް ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތައް އޮޕަރޭޓް ކުރުމުގައި ދަތިތައް ހުރިކަމަށް ޓްރާންސްޕޯޓުން ދެކެއެވެ. އެހެންކަމުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް، ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް ނިންމާފައިވާކަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ