
ނައިފަރުގައި އިސްލާމް ޓީޗަރަކަށް ބަދުއަހުލާގީ ތުހުމަތު: ބެލެނިވެރިން އިހުތިޖާޖަށް
ނައިފަރުގައި އިސްލާމް ޓީޗަރަކަށް ބަދުއަހުލާގީ ތުހުމަތު: ބެލެނިވެރިން އިހުތިޖާޖަށް
ލިޔުން:
ޅ. ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރަކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ، އޭނާ ސްކޫލުން ނެރުމަށް ގޮވާލައި، ބެލެނެވެރިންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.
ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ޓީޗަރު ކިޔަވަދެމުންދަނީ ގްރޭޑް 1 އަދި 2ގެ ދަރިވަރުންނަށެވެ.
ނައިފަރު ބެލެނެވެރިއަކު ބުނީ އިސްލާމް ޓީޗަރު ފަޅު ގެއެއްގެ ތެރޭގައި އަންހެނަކާ ޖިންސީ އަމަލު ހިންގަނިކޮށް، ފަޅާ އަރާފައިވާ ކަމަށާއި އެފަދަ ހުތުރު އަމަލު ހިންގި މީހަކު ކުޑަކުދިންނަށް ކިޔަވަދޭން ބޭނުން ނުވާ ކަމަށެވެ.
އިހްތިޖާޖުގައި ހުރެ ފޯނުން ދިން އިންޓަވިއުއެއްގައި ބެލެނެވެރިޔާ ބުނީ މުޒާހަރާއަށް ނުކުންނަން ޖެހުނީ އެ ޓީޗަރުގެ މައްސަލަ މަދްރަސަތުލް އިފްތިތާހަށާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިތުރުން ފުލުހުންނަށް ހުށަހަޅުމުން، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށެވެ.
މަދްރަސަތުލް އިފްތިތާހުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު "ހަތާވީސް"އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެއީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރުމުން ފަރުހަތު ވިދާޅުވީ ސުވާލުތައް ލިޔުމުން ފޮނުވުން ޖަވާބު ދެއްވާނެ ކަމަށެވެ.
ނައިފަރު ބެލެނެވެރިން މިއަދު އިހްތިޖާޖު ކުރީ މަދްރަސަތުލް އިފްތިތާހުގެ ކައިރީގަ އާއި އެ ރަށުގައި ހުންނަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފީހެއް ކުރިމަތީގައެވެ.
ބެލެނެވެރިން ބުނީ އެ އިސްލާމް ޓީޗަރަކީ މީގެ ކުރިން ވެސް ޖިންސީ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އޮރިޔާން ކާޑުގެ މައްސަލައެއްގައި އެ ޓީޗަރު ސްކޫލުން ސަސްޕެންޑްކުރި ކަމަށް ވެސް ބެލެނެވެރިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
