މާލެ: 31°C
ގާނޫނާއި ގަވާއިދަށް ނޫޅުމުގެ ސަގާފަތް ބަދަލުކުރުވުމަށް ރައީސް ވަނީ އަންގަވާފައި: އިހްސާން

ގާނޫނާއި ގަވާއިދަށް ނޫޅުމުގެ ސަގާފަތް ބަދަލުކުރުވުމަށް ރައީސް ވަނީ އަންގަވާފައި: އިހްސާން

July 25, 2024
2 ފަހަރު ބަލާފައި
ގާނޫނާއި ގަވާއިދަށް ނޫޅުމުގެ ސަގާފަތް ބަދަލުކުރުވުމަށް ރައީސް ވަނީ އަންގަވާފައި: އިހްސާން
ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ހާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރި އާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ. މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ހާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ގާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. ރޭ އިފްތިތާހުކުރި މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ސަރުކާރުން ބުނީ އެ ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކަށް ކަމަށެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުނމާއި ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ