މާލެ: 31°C
މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ހައްލުކުރުމަށް "މާލެ ފަހި" އިފްތިތާހުކޮށްފި

މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ހައްލުކުރުމަށް "މާލެ ފަހި" އިފްތިތާހުކޮށްފި

July 24, 2024
2 ފަހަރު ބަލާފައި
މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ހައްލުކުރުމަށް "މާލެ ފަހި" އިފްތިތާހުކޮށްފި
ތޮއްޖެހިފައިވާ މާލޭގެ މަގުތައް ރައްކާތެރިކަމާއި އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ފެށުމަށް ނިންމި "މާލެ ފަހި" ޕްރޮގްރާމް ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ "މާލެ ފަހި" މި ޕްރޮގްރާމަކީ މަގުތަކުގައި ގިނަވެފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަން އެކުލަވާލާފައިވަނީ، ކަމާ ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު "އަރބަން ޓްރ ފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއިއެކުކަމަށް ސަރުކާރުން ބުނެއެވެ.

މާލެ ފަހި ޕްރޮގްރާމް ބެހިގެންވާ ބައިތައް:

* ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރުން * ޕަބްލިކް ޓްރާންސްޕޯޓްގ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން *މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތަކަށް ނުކަތާވަރަށް އިންޖީނުލީ އުޅަނދުތައް ގިނަވުމެވެ. މާލެ އަދި ހުޅުމާލޭގައި ދުއްވުމަށް މިހާރުވެސް ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދު 118,000 އަށް އަރައެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުން ބުނެފައިވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދުތައް ބޭނުންކުރެވޭނެ މުއްދަތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ