މާލެ: 31°C
މި ސަރަހައްދުން އަދިވެސް އެންމެ ބާރުގަދައީ ދިވެހިރާއްޖޭގެ ޕާސްޕޯޓް

މި ސަރަހައްދުން އަދިވެސް އެންމެ ބާރުގަދައީ ދިވެހިރާއްޖޭގެ ޕާސްޕޯޓް

July 24, 2024
2 ފަހަރު ބަލާފައި
މި ސަރަހައްދުން އަދިވެސް އެންމެ ބާރުގަދައީ ދިވެހިރާއްޖޭގެ ޕާސްޕޯޓް
ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް ގެންގުޅޭ ޤައުމުގެ މަގާމް ދިވެހިރާއްޖެ ހޯދައިފިއެވެ. ވިސާ ނެތި އެންމެ ފަސޭހަކަމާއެކު ދަތުރުކުރެވޭ ޕާސްޕޯޓްތައް ބަލައިގެން ހެންލީ ޕާސްޕޯޓު އިންޑެކްސްއިން ނެރެފައިވާ މި ފަހަރުގެ ރިޕޯޓްގައި 103 ޤައުމު ހިމެނޭއިރު، ދިވެހި ޕާސްޕޯޓް ހިމެނެނީ ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު، މި ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެއެވެ. ވިސާ ނެގުމަކާ ނުލައި ދިވެހި ޕާސްޕޯޓްގައި 94 ޤައުމަކަށް ދަތުރުކުރެވެއެވެ. އެންމެ ބާރުގަދަ ޕާސްޕޯޓް ލިސްޓަށް ބަލާއިރު، އަވައްޓެރި އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތައް އުޅެނީ ރާއްޖެއަށްވުރެ މާބޮޑަށްވެސް ފަހަތުގައެވެ. އަދި މިއީ ސައުދީ އަރަބިއާ، ޗައިނާ، ތައިލެންޑް ފަދަ ޤައުމުތަކުގެ ޕާސްޕޯޓަށް ބަލާއިރު ކުރިއެރުމެކެވެ. މި ލިސްޓަށް ބަލާއިރު، މިފަހަރު އެންމެ ބާރުގަދަ ޕާސްޕޯޓް ރޭންކިންގެ އެއްވަނަ ހޯދާފައިވަނީ ސިންގަޕޫރެވެ. ވިސާ ނެގުމަކާ ނުލައި ސިންގަޕޯ ޕާސްޕޯޓްގައި 195 ޤައުމަކަށް ދަތުރުކުރެވެއެެވެ. ސިންގަޕޯއަށްފަހު ދެވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓް ގެންގުޅޭ ޤައުމުތަކުގެ ރޭންކިންގެ ދެވަނަ ހޯދާފައިވަނީ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީ، އަދި ޖަޕާނެވެ. މި ޤައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި 192 ޤައުމަށް ދަތުރުކުރެވެއެވެ. ވިސާ ނުނަގައި ދިވެހިންނަށް މިފަހުން ދަތުރުކުރެވޭ ޤައުމުތަކުގެ ތެރޭގައި ހިމެނިގެންދިޔައީ، ބުރުންޑީ އަދި ޗައިނާއެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ