މާލެ: 31°C
ކުއްލި މައްސަލަ ހުށައެޅިއިރު ނާޒިލްގެ މޫނުމަތިން އަސަރު ނުފެނުމުން ފަލާހުގެ ކަންބޮޑުވުން

ކުއްލި މައްސަލަ ހުށައެޅިއިރު ނާޒިލްގެ މޫނުމަތިން އަސަރު ނުފެނުމުން ފަލާހުގެ ކަންބޮޑުވުން

July 24, 2024
2 ފަހަރު ބަލާފައި
ކުއްލި މައްސަލަ ހުށައެޅިއިރު ނާޒިލްގެ މޫނުމަތިން އަސަރު ނުފެނުމުން ފަލާހުގެ ކަންބޮޑުވުން
އައްޑޫ ސިޓީއާ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް މިއަދު ކުއްލި މައްސަލަ ހުށައެޅުއްވިއިރު، މޫނުމަތިން އަސަރު ނުފެންނަ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ފާޑުވިދާޅުވެއްޖެއެވެ. 57 މެމްބަރުންގެ ވޯޓާ އެކު މަޖިލީހުގައި ބަހުސްކުރުމަށް ފާސްކުރި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އަދި ނާޒިލް އެމައްސަލަ ހުށައަޅެއްވީވެސް އަސަރާއެކުގައި ކަމަށާއި އެހެންނަމަވެސް މައްސަލަ ހުށައެޅުއްވިއުރު މެންބަރުން މޫނުން އެއަސަރާއި ސީރިއަސްކަން ފެންނަން ނެތުމުން ފަލާހު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ފަލާހުގެ ވާހަކަތާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ނަޒީލް ވަނީ "ދެން މައްސަލަ ހުށައަޅަންވީ ރޮމުންތޯ އާއި އެއަށްވުރެވެސް އެމައްސަލަ މާސީރިއަސް" ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން އައްޑޫއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުން ނެވެ. ފެނަކަ އިން ބުނިގޮތުގައި އެ މައްސަލަ ކުރިމަތިވީ އައްޑޫއަށް ކަރަންޓުދޭ މައި ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ކުއްލި މައްސަލަ ހުށަހަޅުއްވައިދެއްވަމުން ނާޒިލް ވިދާޅުވީ އައްޑޫއާ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއަކީ 30،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސޓީއަކަށް ވާއިރު އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މި އިހުމާލުވުމުގެ ސަބަބުން ރަށު ސްކޫލްތަކުންނާއި އޮފީސްތަކުން ރައްޔިތުންނަށް އެއްވެސް ހިދުމަތެއް ނުލިބޭ ކަމަށެވެ. އަދި ގޭބިސީތަކުގައި ގެންގުޅޭ ކަރަންޓު ސާމާނު ވެސް ހަލާކުވަމުންދާ ކަމަށެވެ. އެ މައްސަލައިގައި އޭނާ އިތުރަށް ފާހަގަކުރެއްވީ:
  • ޔޫޓިލިޓީއާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް ސަރުކާރުން އަންގާފައެއް ނުވޭ
  • ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް އެއް ނުދޭ
  • ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ
  • ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީއެއް ނުވޭ
އެހެންވެ އޭނާ ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ފިޔަވަޅު އެޅުމަށް، އެ ގާނޫނީ ޒިންމާ މަތިވެފައިވާ އެންވަޔަރަމެންޓް މިނިސްޓަރަށް ގޮވާލައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ