- ގައުމުގެ އިގްތިސާދީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެގެން މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިއްމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ރާއްޖެއިން ލިބެން ނެތުން
- ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާ ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު
- ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ލިބޭ މިންވަރު މަދުވެއްޖެ ނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު
- ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިން އަަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެ މިންވަރު

ބިދޭސީންގެ ކޯޓާ ކަނޑައެޅުން ކެބިނެޓަށް ދިނުމަށް އިސްލާހެއް
ބިދޭސީންގެ ކޯޓާ ކަނޑައެޅުން ކެބިނެޓަށް ދިނުމަށް އިސްލާހެއް
ލިޔުން:
ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.
ވަޒީފާގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ނެވެ. އޭގެ ބަދަލުގައި ބިލުގައި ހުށަހަޅާފައިވަނީ، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ ގެނެވޭނެ އަދަދާ ދާއިރާތައް ކަނޑައަޅާނީ ގަވާއިދެއްގެ ދަށުން ކަމަށެވެ. އެ ގަވާއިދު އެކުލަވާލާނީ ލޭބާ މިނިސްޓްރީން ނެވެ.
ބިލުގައިވާ ގޮތުން ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެެވޭނެ އަަދަދާއި ދާއިރާތައް ކަނޑައެޅޭނެ އެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށާ އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެ ކަމަށް ވެ އެވެ.
އެހެނަމަވެސް، އެފަދަ އެއްވެސް ކަމެއް ކަނޑައެޅޭނީ، ބިލުގައި ބުނާގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމަށްފަހު ހަދާ އެސެސްމެންޓަކަށް ފަހު ކަމަށެވެ. އަދި އެއާ އެކު ވަޒީރުންގ މަޖިލީހުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެ އެވެ.
އެ އެސެސްމެންޓަށް ފަހު އަދަދު ކަނޑައެޅޭނީ، ބިލުގައި ވާގޮތުން 5 ކަމަކަށް ބެލުމަށްފަހު އެވެ. އެއީ:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
