ކުރީގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލާގައި ނެގި ސްޓޭންޑް ދިފާއުކޮށް އެ މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި އެ އޮފީހުގެ ވަކީލުން ވަކާލާތުކުރެއްވި އެވެ. މި ސަރުކާރުގައި ވެސް އެ މައުލޫމާތު ނުދޭން ކޯޓުގައި ވާހަކަ ދެއްކުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ދައުލަތުގެ ސްޓޭންޓް ބަދަލުކޮށް، އިބޫގެ އެމެރިކާ ދަތުރުގެ ރިސީޓްތައް ދެނީ
ދައުލަތުގެ ސްޓޭންޓް ބަދަލުކޮށް، އިބޫގެ އެމެރިކާ ދަތުރުގެ ރިސީޓްތައް ދެނީ
ލިޔުން:
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ 76 ވަނަ އާންމު ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުތަކުގެ ހަރަދުތަކަށް އޮތް ފައިސާ ރަސީދުތައް ނުދިނުމަށް ސުޕްރީމް ކޯޓަށް ކުރީގެ ސަރުކާރުން ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ނޫސް ބަޔާނެއް މެދުވެރިކޮށް ބުނީ ހައި ކޯޓުގެ ނިންމުން އަލުން ދިރާސާކޮށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމައި އިސްތިއުނާފު ފޯމު ބާތިލްކޮށްދިނުމަށް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ރަސީދުތައް ނުދިނުމުން ހައި ކޯޓަށް އޭނާ ވަޑައިގަތެވެ.
ހައި ކޯޓުން ނިންމީ އޭގައި ހިމެނޭ ޒާތީ މައުލޫމާތުތައް އުނިކުރުމަށް ފަހު އަޒާނަށް ރަސީދުތައް ދިނުމަށެވެ. އެކަމަކު އޭރުގެ ސަރުކާރުން ސުޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރީ އެވެ. އޭރުގެ ސްޓޭންޑް ދިފާއުކޮށް އެޓާނީ ޖެނެރަލްގެ ވަކީލުން ވަކާލާތު ކުރެއްވުމުން އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވި އެއް ބޭފުޅަކީ ވެސް ވެރިކަންކުރާ ޕީއެންސީ ތަމްސީލްކުރައްވާ މެންބަރު އަޒާނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
