މާލެ: 31°C
އައްޑޫގެ ކަރަންޓާ ގުޅޭ ކުއްލި މައްސަލައެއް: މަޖިލީހުގައި ބަހުސް ކުރިއަށް

އައްޑޫގެ ކަރަންޓާ ގުޅޭ ކުއްލި މައްސަލައެއް: މަޖިލީހުގައި ބަހުސް ކުރިއަށް

July 24, 2024
2 ފަހަރު ބަލާފައި
އައްޑޫގެ ކަރަންޓާ ގުޅޭ ކުއްލި މައްސަލައެއް: މަޖިލީހުގައި ބަހުސް ކުރިއަށް
އައްޑޫ ސިޓީއާ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގޮވާލާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި މި މައްސަަލަ ބަލައިގަތުމަށް ފާސްވީ 57 މެމްބަރުންގެ ވޯޓާ އެކު އެވެ.
އައްޑޫއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން އައްޑޫއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުން ނެވެ. ފެނަކަ އިން ބުނިގޮތުގައި އެ މައްސަލަ ކުރިމަތިވީ އައްޑޫއަށް ކަރަންޓުދޭ މައި ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ކުއްލި މައްސަލަ ހުށަހަޅުއްވައިދެއްވަމުން ނާޒިލް ވިދާޅުވީ އައްޑޫއާ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއަކީ 30،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސޓީއަކަށް ވާއިރު އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މި އިހުމާލުވުމުގެ ސަބަބުން ރަށު ސްކޫލްތަކުންނާއި އޮފީސްތަކުން ރައްޔިތުންނަށް އެއްވެސް ހިދުމަތެއް ނުލިބޭ ކަމަށެވެ. އަދި ގޭބިސީތަކުގައި ގެންގުޅޭ ކަރަންޓު ސާމާނު ވެސް ހަލާކުވަމުންދާ ކަމަށެވެ. އެ މައްސަލައިގައި އޭނާ އިތުރަށް ފާހަގަކުރެއްވީ:
  • ޔޫޓިލިޓީއާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް ސަރުކާރުން އަންގާފައެއް ނުވޭ
  • ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް އެއް ނުދޭ
  • ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ
  • ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީއެއް ނުވޭ
އެހެންވެ އޭނާ ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ފިޔަވަޅު އެޅުމަށް، އެ ގާނޫނީ ޒިންމާ މަތިވެފައިވާ އެންވަޔަރަމެންޓް މިނިސްޓަރަށް ގޮވާލައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ