
އުނގޫފާރުގައި ކަރަންޓްގައި ޖެހި ކުއްޖަކު މަރުވުމުގެ ހާދިސާ ހިނގީ ފެނަކައިގެ އިހުމާލުންކަމަށް ނިންމައިފި
އުނގޫފާރުގައި ކަރަންޓްގައި ޖެހި ކުއްޖަކު މަރުވުމުގެ ހާދިސާ ހިނގީ ފެނަކައިގެ އިހުމާލުންކަމަށް ނިންމައިފި
ލިޔުން:
މެއިމަހުގެ 23 ވަނަ ދުވަހު ރ. އަުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ކުއްޖަކު މަރުވެ، ހިނގައިދިޔަ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ފެނަކައިގެ އިހުމާލުންކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެ އިދާރާއިން މިގޮތަށް ހާމަކޮށްފައިވަނީ، އުނގޫފާރުގައި ހިނގާދިޔަ އެ ހާދިސާ ތަހުގީގު ކުރުމަށްފަހު މިއަދު އާއްމުކުރި ބަޔާނުގައެވެ.
އުނގޫފާރުގައި ހިނގާދިޔަ އެ ހާދިސާގައި މަރުވެފައިވަނީ، ކަރަންޓްގައި ޖެހުނު ދެ ކުދިން ސަލާމަތްކުރަން އުޅުނު އުމުރުން 18 އަހަރުގެ ހުސެން އަތީކެވެ. މި ހާދިސާ ހިނގާފައިވަނީ މަގުމަތީ ކުޅެން އުޅުމުގެ ތެރޭގައި މަގުބައްތިއަކުން ފެންގަނޑަށް ކަރަންޓް އައުމުގެ ސަބަބުންނެވެ. އަތީކް މަރުވެފައިވަނީ ކަރަންޓްގައި ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވެ، ފަރުވާދެމުންދާތާ 15 ދުވަސްފަހުން އައިޖީއެމްއެޗްގައެވެ. އަތީކް މަރުވިއިރުވެސް އޭނާ ހެޔެއް ނާރައެވެ. ފަރުވާދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
އުނގޫފާރުގައި ހިނގާދިޔަ އެ ހާދިސާ ތަހުގީގް ކުރުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވަނީ، މިމައްސަލައިގެ ތަޙްޤީގުން ފާހަގަވިގޮތުގައި މި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައިވުމެވެ. އަދި، މި ތަޙްޤީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓަޑުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) ހަރުކުރެވިފައެއް ނުވާކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މި މައްސަލާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފައެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށް ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި 30 ދުވަހުގެ ތެރޭގައި ހަރުކޮށް ނިންމުމަށްވެސް ފެނަކައަށް ވަނީ އަންގާފައެވެ. ދީފައިވާމި މުދައްތުތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށްވެސް އެ އޮތޯރިޓީން ވާނީ ފެނަކަ އަށް އަންގާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
