
ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް ލިބުނު ގެއްލުން އޮޑިޓްކުރަނީ
ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް ލިބުނު ގެއްލުން އޮޑިޓްކުރަނީ
ލިޔުން:
މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު ގެއްލުން ބެލުމަށް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި މައްސަލަ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އެވެ.
ހަމަދު ވިދާޅުވި ގޮތުގައި އެޗްޑީސީއަށް ގެއްލުންވީ ވަރު ބެލުމަށް އޮޑިޓެއް ހަދަން ހުށަހެޅުއްވީ އެ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އަތުން ގޯތި އަތުލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ދައުލަތުން އެޗްޑީސީއަށް ބަދަލެއް ދޭން ޖެހޭނަމަ، އެކަމަށް މަގުފަހިކުރުމަށްޓަކައި ކަމަށެވެ.
" ދެން ގޯތި ދޫކުރުމުގެ އޮޑިޓު މި ހުށަހަޅަނީ އެއްގޮތަކަށްވެސް، ގޯތިތައް އަނބުރާ ނެގުމަކަށް ނޫން. އެޗްޑީސީއަށް ލިބިފަ ހުރި ގެއްލުންތައް ބަލާލަން ވެގެން." ހަމަދު ހުށަހެޅުއްވި އެވެ.
މީގެއިތުރުން 17 ނޮވެމްބަރު 2019 އިން ފެށިގެން 19 ނޮވެމްބަރު 2023 އަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޑިޓެއް ހަދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ދެ އޮޑިޓު، ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އޮޑިޓު އޮފީހަށް އެންގުމަށް ނިންމާފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން އެ ކުންފުންޏަށް 10.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެޗްޑީސީން ވަނީ އޮޑިޓް އޮފީހަށް މީގެކުރިން މައުލޫމާތު ދީފަ އެވެ. އެކަމާ ގުޅިގެން އެ އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައި ވާގޮތުން އެ 10.5 މިލިއަން އަކީ ބިމުގެ އަގު ކަމަށްވާ 7.7 ބިލިއަން ރުފިޔާއާއި އެ ބިން ބޭނުންކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީން ގެއްލޭ 3.3 ބިލިއަން ރުފިޔާ އެވެ.
އެޗްޑީސީއަށް ލިބުނު ގެއްލުންތައް ފޫބައްދައިދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން އެ ކުންފުންޏަށް ލިބޭ ގެއްލުން (3.3 ބިލިއަން ރުފިޔާ) ފޫބެއްދުމަށް "ގަލުފަޅު" އަދި "މާގިރިފަޅު" ސަރުކާރުން ދޫކޮށްފައިވާއިރު، ސްކީމްގެ ދަށުން ދޫކުރު ބިމުގެ އަގުކަމަށްވާ 7.7 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތް ކުރަން އަންގާފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
