މާލެ: 31°C
އިގްތިސާދުގައި މައްސަލައެއް ނެތް، މިއުޅެނީ ހިންގަން ނޭނގިގެން: ޣަފޫރު

އިގްތިސާދުގައި މައްސަލައެއް ނެތް، މިއުޅެނީ ހިންގަން ނޭނގިގެން: ޣަފޫރު

July 23, 2024
3 ފަހަރު ބަލާފައި
އިގްތިސާދުގައި މައްސަލައެއް ނެތް، މިއުޅެނީ ހިންގަން ނޭނގިގެން: ޣަފޫރު
ރާއްޖޭގެ އިގްތިސާދުގައި މައްސަލަތަކެއް ނެތް ކަމަށާއި ކުރިން ލިބޭ ވަރަށް މިހާރުވެސް ރާއްޖެއަށް ފައިސާ ލިބޭއިރު، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އިގްތިސާދު ހިންގާ މެނޭޖްކުރުމުގެ މައްސަލައެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. އެމްއެމްއޭގެ ގަވަރުނަރު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް ވަގުތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހުރިހާވެސް މައްސަލައަކީ މިސަރުކާރުގެ ޚަރަދު ބޮޑުވުން ކަމަށެވެ. "ގަވަރުނަރު ބަދަލުކުރުމުންނެއް ޑޮލަރެއް އަގެއް ހެވެއް ނުވާނެ. ގަވަރުނަރު ބަދަލުކުރުމަކުންނެއް ރައްޔިތުންނަށް އިތުރު ތަނަވަސްކަމެއް ލިބިގެންނެއް ނާންނާނެ. އަޅުގަނޑުމެންނަށް ހިޔާލީ ފޮލާ ކެއްކިދާނެ. އެކަމު އޭގެން ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ. އިހުލާސްތެރިކަން އޮންނަންވީ," އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުގެ ހަރަދު ކުޑަކޮށް ރަނގަޅަށް އިގްތިސާދު މެނޭޖްކުރާނަމަ ގައުމުގައި އެއްވެސް މައްސަލައެއް ނޯންނާނެއެވެ. މިކަން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރުވެސް ފާހަގަ ކުރައްވާފައިވެއެވެ. އަމީޒު ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓެއްވެސް ނުވާނެ ކަމަށާއި އިގްތިސާދީ އާދަޔާ ޚިލާފު މައްސަލައެއްވެސް ނެތެވެ. "މި މިހުންނަށް ހިންގަން ނޭނގިގެން މިއުޅެނީ،" ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވިއެވެ. އަމީރު އާއި ޣަފޫރުގެ ވާހަކަތަކަށް ރައްދު ދެއްވައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގައި ވިދާޅުވީ ރައްޔިތުން ގަރުދިޔަ އާއި ބަތް ކާން ޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވައްޓާލީ މިިދިޔަ ސަރުކާރުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ